c
ޑްރާމާގެ ނަން: ލައްގަނޑު
ތީމް: ޖިންސީ އަނިޔާކުރާ މީހުންނަށް ބޮޑެތި އަދަބުދިނުމަށް ބާރުއެޅުން.
ބާވަތް: 27 މިނިޓްގެ ޚިޔާލީ ޑްރާމާއެއް
އޯޑިއަންސް: ޒުވާނުންނާއި ބަލަދުވެރިން އަދި ޝަރުޢީ އަދި ސިޔާސީ ފަރާތްތައް
ގިންތި: 12 އަހަރުން މައްޗަށް.
ދިގުމިން: 13 މިނިޓް 49 ސިކުންތު.
ފޮނުވާ ދުވަސް: 1 ޖެނުއަރީ 2011
ފޮނުވާގަޑި: 11:30 (ރޭގަނޑު)
ޑްރާމާ ލިޔުނު ފަރާތް: ޢަލީ ސުލައިމާން.
ޕްރޮޑިއުސަރ: އައިމިނަތު އަލީ
ކަރެކްޓަރުން
ނަން: ކަރެކްޓަރ ތަރި. .
1- ނިޝާ ތަޢުލީމީ، ހޭލުންތެރި ދޫހެލޭ މާފެޝަން ނޫން 22 އަހަރުގެ ޒުވާނެއް ޒީނަތު
2- އަރީފް މަޑުމައިތިރި ތަޢުލީމީ، މުއްސަނދި އާއިލާއެއްގެ28 އަހަރުގެ ޒުވާނެއް ޖަމީލް
3- ވަހީދު (ވައިޑޭ) މުއްސަނދި އާއިލާއެއްގެ ނުކިޔަވާ ހުރި ރަހުމުކުޑަ ވަހުޝީ މެދުއުމުރުގެ މީހެއް. ނަސްރުﷲ
4- ޒައީމާ ތަންދޮރު ނުފިލާހުރި އަނގަ ގަދަ މެދު
އުމުރުގެ އަންހެނެއް. އާޝިދާ
5- ހާމިދު ތަންކޮޅެއް އަބުއި 20 އަހަރުގެ
ޒުވާނެއް ހަސަން
6- އަމީނާ އޯގާތެރި އަޅާލާ މަންމައެއް ނަޖުމާ
ފާހަގަ: "ފާހަގަ. މިޕްރޮގްރާމް ފޮނުވާނީ 1 ޖެނުއަރީ 2011ވާ، ހޮނިހިރު ދުވަހުގެރޭ 11:30ގަ. އެޕިސޯޑުގެ
ދިގުމިނަކީ 27 މިނިޓް 49 ސިކުންތު. ފާހަގަ ނިމުނީ"
މަންޒަރު 1.
ނިޝާ އޮފީސްތެރޭގައި އޭނާގެ ކެބިންގައި. އޮފީހުގަ އުޅޭ އެހެންކުއްޖަކު ލީޝާގެ
ކެބިންގަ ޓަކިޖަހާލާފަ އެތެރެއަށް ވަނުން.
FX
(ޓަކިޖަހާއަޑު)
1.
ނިޝާ: ވަދޭ.
2.
ނިޝާ: ކިހިނެއްވީ.
3.
ޒައީމާ: ވަހީދު ވިދާޅު އެކޮޓަރިއަށް ދުރުވެ ބަލާށޭ.
4.
ނިޝާ: އެކީއްކުރަން (ހައިރާންވެފަ).
5.
ޒައީމާ: ނޭނގެ މަށަކަށް. އެހެންނޫނަސް އޭނަ މާގަޔާވާ މީހެއްނު ނިޝާތީ.
6.
ނިޝާ: މަވަރަށް ފޫހިވޭ (ފޫހި ރާގަކަށް)....ކުރީ ދުވަހުވެސް ގެންގޮސްފަ ބުނީ
ކޮފީއެއް ހަދައިގެން
ގެނެސްދީބަލާށޭ...ހީވަނީ
މަމީ މިތާނގެ މަސައްކަތު މީހާހެން...
7.
ޒައީމާ: ފުރުޞަތުގެ ބޭނުންކޮށްބަލަ....
8.
ނިޝާ: ދައްކާ ވާހަކަ... ޒައީ މިތަނަށް އައީ ވަހީދު ވިދާޅުވެލައްވާ ވާހަކަ
ބުނާކަށްނު.... ދެންދޭ...
9.
ޒައީމާ: އާނ މަމިދަނީ
FX
(ދޮރުހުޅުވާ އަޑާ ލެއްޕޭ އަޑު)
10. ނިޝާ: (ހިތާހިތުން) ކޮންމެ އޮފީހެއްގަވެސް
ކަންތައް ހުންނަ ގޮތަކީ މިއީބާ! ހާދަ ގޮތެއް ނެތް
ވެރިއެކޭ...އަދި އެބައުޅެއެއްނު އަމިއްލައަށް ވައިޑޭ އެކޭވެސް ކިޔައިގެން. ކިހިނެއްބާ
ހަދާނީ... ކެނޑެންވީ ކަންނޭނގެ..އެކަމަކު އަދި މިއޮފީހަށް ވަތްތާވެސް މިވީ އެންމެ
ދެހަފްތާ... މިހާއަވަހަށް ކެނޑުނީމަ މީހުން ކީކޭ ކިޔާނީ....އެހެންނޫނަސް
ދެންވަޒީފާ ލިބޭ އޮފީހެއްގެ ހާލަތު ހުންނާނެ ގޮތެއް ނޭނގެ...
FX
(އިންޓަރކަމް ފޯނު ރިންގުވާ އަޑު)
11.
ނިޝާ: ހަލޯ. ނިޝާ...
12.
ވަހީދު: ޒައީމާ ފޮނުވިން އައިސްބަލާށޭ ބުނަން....ލަސްވާތީ......
13.
ނިޝާ: މިދަނީ.....މިދަނީ...
14.
ނިޝާ: (ހިތާހިތުން) މިއަދު އަނެއްކާ ބުނާނީ ކީކޭބާ؟ އެކަމަކު ނުދާންވެސް
ދައްކާނީ ކޮންބަހަނާއެއް...
FX (ދޮރުފަތް ލައްޕާއަޑު.....ހިނގާ އަޑު...ދޮރުގަ
ޓަކިޖަހާ އަޑު)
15.
ވަހީދު: (މައިކާ ދުރުން) އާދޭ! އާދޭ!
FX (ދޮރުފަތް ލައްޕާ އަޑު)
16.
ނިޝާ: ކީއްތޯވީ!
17.
ވަހީދު: މިޕްރޮޖެކްޓުގެ ބެލެންސް ޝީޓު އަޅާކިޔާފަ ޗެކް ކޮށްލައިގެން
ގެނެސްދީބަލަ....
18.
ނިޝާ: ދެއްވާ!
19.
ވަހީދު: އަދި ކޮފީއެއް ހަދައިގެން ގެނެސްދީބަލަ... އިއްޔެ ނިޝާ ހަދައިގެން
ގެނައި ކޮފީ ވަރަށް މީރު...
20.
ނިޝާ: (މައިކާ ދުރުން) އަޅުގަނޑެއް ނޫން އެކޮފީ ހެދީ... ޒައީމާ ހެދީ....
21.
ވަހީދު: އެ... އެހެންތަ...(ރަކި ފާޑަކަށް)
FX (ދޮރުފަތް
ލައްޕާއަޑު..ހިނގާއަޑު)
__________________________________________________________________________
މަންޒަރު 2.
ނިޝާ އޮފީސް ދޮރުމަތިން މަގުމަތީގައި އަރީފްގެ އިންތިޒާރުގަ. ހާމިދު އެތަނަށް
އައުން.އަރީފް ސައިކަލުގަ އައިސް މަޑުކޮށްލުން(ހަވީރު 16:30 ހާއިރު)
FX (މަގުމަތީގަ އެއްޗެހި
ދުއްވާ އަޑުފަށައިފައި ހަތަރު ސިކުންތު ބަހައްޓާފައި އަޑު ދަށުގައި ބެހެއްޓުން)
22.
ހާމިދު: ނިޝާ... ކިހިނެއްވެފަ ދޮރުމަތީގަ ތިހިރީ...
23.
ނިޝާ: އަރީފް އަންނަންދެން މިހިރީ....ހާމިދު ގެއަށް ދާކަށް ނޫންތަ ތިނުކުތީ..
24.
ހާމިދު: ގެއަށްދާން މިދަނީ...
FX (މަގުމަތީގަ އެއްޗެހި ދުއްވާ އަޑުފަށައިފައި ހަތަރު ސިކުންތު
ބަހައްޓާފައި އަޑު ދަށުގައި ބެހެއްޓުން)
25.
އަރީފް: ވަރަށް ލަސްވެއްޖެ ދޯ! ސޮރީ އިނގޭ ލޯބީ. ހަވީރުވީމަ މަގުތަކުގެ
ޓްރެފިކްވެސް ހަމަބޮޑީ..
26.
ނިޝާ: އަހަރެން ޝަކުވާއެއް ނުކުރަމެއްނު އަރީފް ލަސްވެގެން...
FX (ސައިކަލް ދުއްވާލާ އަޑު،
މަގުމަތީގަ އެއްޗެހި ދުއްވާ އަޑު ދަށުގައި)
27.
އަރީފް: ހާދަމަޑުން މިއަދު ތި އިންނަނީ.... ހިތްހަމަ ނުޖެހިފަތަ؟
28.
ނިޝާ: ކަމެއް ނުވޭ....ކުޑަކޮށް ބޮލުގަ ރިއްސަނީ.....
FX (މަގުމަތީގެ އަޑުތައް
ފޭޑް އައުޓް)
__________________________________________________________________________
މަންޒަރު 3.
ނިޝާގެ ގޭތެރެ / ނިޝާ ލަވަޖަހައިގެން ކޮޓަރީގެ އެނދުގަ އޮށޯވެގެން އޮތުން،
މަންމަ އަމީނާ ނިޝާ ކާން ނައިސްގެން ގޮވުން، ކޮއްކޮއައިސް ވަހީދު ގުޅާފަ އޮތް
ވާހަކަ ބުނުން (އިރާކޮޅުގެ ވަގުތު)
FX (އެހަނދާނުގައި ރިމިކްސް "ދިން
މިހިތެއް..."، ދިހަ ސިކުންތު ކުޅެފައި އަޑު ދަށުގައި ބެހެއްޓުން)
29.
އަމީނާ: (މައިކާ ދުރުން) ދަރިފުޅާ ނިޝާ، ކާކަށް ނުވޭތަ؟
30.
އަމީނާ: ބަލަ ދަރިފުޅާ ކާކަށް ނުވޭތަ؟ އެހެރަ ނުވައެއްޖެހީ އޭ!
31.
ނިޝާ: އުނހ.....ކީކޭ މަންމާ.....
32.
އަމީނާ: ކޮމްޕިއުޓަރުން އެވަރަށް ލަވަޖަހައިގެން، އަދި ނުވީތާކަށް ކަންފަތަށް
ވެސް އެއްޗެއް ކޮއްޕައިގެން
ތިޔަ އޮތީ... ދެން ކިތަންމެ ވަރަކަށް ގޮވިއްޔާ އަޑު އިވޭނެތަ؟(ނުރުހުމުގެ
ރާގަކަށް)... މަންމަ މިހުރީ ދަރިފުޅު ނުނުކުމެގެން ނުކައި....ހިނގާ ބަލަ
ކާންދާން..( ލޯތްބާއެކު އޯގާތެރި ރާގުގަ)
33.
ނިޝާ: އަޅުގަނޑު މިރޭ އަރީފްއާއެކު ބޭރަށް ކާންދާނީ....އެންމެ ރަނގަޅުތޯ؟
34.
އަމީނާ: މަންމަގެ މައްސަލައެއްނެތް...އެކަމަކު އެގާރަ ނުޖަހަނިސް ގެއަށް
އަންނަންވާނެ..
35.
ނިޝާ: މަންމަ ހާދަ ރަނގަޅޭ...(ޅަގޮތަކަށް)
36. ނަދާ: (މައިކާ ދުރުން) ދޮންތާ! ދޮންތާ!
37. ނަދާ: ދޮންތަގެ ފޯނު ކޮންތާކަށް ލައިގެންތަ
ތިޔައުޅެނީ.....ވަހީދު ކިޔާމީހަކު އެބައޮތް ދޮންތަ ހޯދަން
ގުޅާފަ...
38.
ނިޝާ: ބުނޭ ދޮންތަ ނޫޅެޔޭ ގެޔަކު.....
39. ނަދާ: ދެން..... ކޮއްކޮއަށް ބުނެވިއްޖެޔޭ ދޮންތަ
ކޮޓަރީގަ އެބައުޅެޔޭ.......
40.
އަމީނާ: ކީއްވެ ކޮއްކޮ ލައްވާ ދޮގެއް ހައްދުވަން ތިޔަ އުޅުނީ......
41.
ނިޝާ: ދެންކަމެއް ނުވޭ،، (ފަރުވާކުޑަ ގޮތަކަށް)
FX (ލަވައިގެ އަޑު {ކްރޮސްފޭޑް}
ހިނގާ އަޑު، ފޯނުގެ އަތްގަނޑު ނަގާއަޑު)
42.
ނިޝާ: ހަލޯ
43.
ވަހީދު: ވަރަށް ބޮޑަށް ސޮރީ އޮފީސްގަޑި ނިމުނީމަވެސް އުނދަގޫ ކުރެވޭތީ...
44.
ނިޝާ: އެއީ އެހާބޮޑު ކަމެއް ނޫނެއް ނޫންތޯ.
45.
ވަހީދު: މިއަދު ދިން ފައިލް ކޮބައިތަ؟
46.
ނިޝާ: އެބައޮތް.. ލަސްވީތޯ..އަވަހަށް ނިންމާލަންކަމަށް އެފައިލް ހިފައިގެން
އަޅުގަނޑު ގެއަށް އައީ..
47.
ވަހީދު: (ހިތާހިތުން) ނަސީބެއްތާ!،އެހެންނޫންނަމަ މިރޭ ނިޝާ މިގެއަށް
ގެނެވޭނެ އެހެން ގޮތެއް ނެތީސް.
48.
ނިޝާ: ކީއްތޯވީ އެއްޗެއް ވިދާޅުނުވީ... އަނެއްކާ... ހިތްޕުޅު
ހަމަޖެހިވަޑައިނުގެންނެވީ ތޯ؟
49.
ހާމިދު: ނޫނޭ މިރޭ އެފައިލް ކޮންމެހެންވެސް ބޭނުންވެއްޖެ...ނިޝާ ގެއަށް
ގެންގޮސްފައި އޮތްކަންވެސް
ވަރަށް ރަނގަޅު..
50.
ނިޝާ: އާ..... އާދެ! ހަމަކުޑަ އިރުކޮޅަކުން މިދަނީ.....
FX (ފޭޑް އިން އަކުން އަވަސް
ތީމްލަވަ 20 ސިކުންތު ކުޅެފައި
ފޭޑް އައުޓްކޮށްލުން)
No comments:
Post a Comment