ހައްދުންމަތީ ފޮނަދޫއާއި ކައްދޫއާއި މާންދޫ އަދިގަމުގެ ތެރޭގައި އޮންނަ މިމަގުގެ ދިގުމިނަކީ 16.8 ކިލޯމީޓަރެވެ. މީ މުޅިރާއްޖޭގައިވެސް އޮންނަ އެންމެ ދިގުމަގެވެ. މިމަގަކީ މިރަށްރަށުގެ ރައްޔިތުން އެއްރަށުން

އަނެއްރަށަށް އަދި އެއް އަވަށުން އަނެއް އަވަށަށް ދިޔުމަށް އޮންނަ ހަމައެކަނި މަގެވެ. މިއީ ރާއްޖޭގައި އެއްފަސްގަނޑެއްގެ ގޮތުގައި އޮންނަ އެންމެ ބޮޑުތަން ކަމަށް ވުމާއެކު މިމަގުގައި ދަތުރުކުރާ އުޅަނދުފަހަރު ބާރު ދުވެލީގައި ދަތުރުކުރެއެވެ. ކޮންމެ އަހަރެއްގެވެސް ހޫނުމޫސުމުގައި އަދި ހޫނު މޫސުން ނޫނަސް ވާރޭނުވެހި ދުވަސްކޮޅެއްވާ އިރަށް މިމަގުގައި ހިރަފުސް ބޯވެ ހިނގާ މީހުންނަށާއި ސައިކަލާއި ބައިސްކަލް ދުއްވާ މީހުންނަށް އަދި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ދުއްވާ މީހުންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވެއެވެ. މިއުނދަގޫތައް ބޮޑަށް ކުރިމަތިވަނީ ހިނގާމީހުންނަށާއި ސައިކަލާއި ބައިސްކަލް ދުއްވާ މީހުންނަށާއި މިމަގުގައި ހުންނަ ގެތަކުގެ މީހުންނަށެވެ.މިމަގުތަކުގައި ހިނގާބިގާވާ މީހުންނަށާއި ދުއްވާ މީހުންނަށް އަދި ސްކޫލްކުދިންނަށް އުނދަގޫ ތަކާއި ކުރިމަތިވަމުންދާއިރު މިކަމަށް ހައްލެއް ހޯދޭނީ ކޮންގޮތަކަށްތޯ އަދި މަގުތައް ހެދުމުގެ މަސައްކަތަށް ހިރަފުސްބޯވުމުގެ ސަބަބުން ދަތިތައް ކުރިމަތިވޭތޯ ފޮނަދޫގައި ހުންނަ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންގެ އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ ގެ ޕަބްލިކް ސާރވިސް އޮފީހުގެ މެނޭޖަރަށް ދަންނަވާލުމުން ވިދާޅުވީ އެތަނުން އެއްވެސް މައުލޫމާތެއް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމުގައެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރުން ވިދާޅުވީ އެމަޢުލޫމާތު ދެވޭނީ ހަފްތާއެއްހާ ދުވަސް ފަހުންކަމަށެވެ.
No comments:
Post a Comment